އީސަ ބޮޑު ތުހުމަތެއް: ކެނދިކުޅުދޫގައި ހަލާކުވެފައި އޮތް ޕިކަޕަކަށް އާރުޑީސީން މަހަކު 75،000ރ. އެބަދޭ!
އަދަދު
7 ޖެނުއަރީ 2026 | ބުދަ | 7:41
ނ. ކެނދިކުޅުދޫގެ މަގު ހެދުމުގެ ނަމުގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ބޮޑެތި ހިޔާނާތްތައް ހިންގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އީސަ ވިދާޅުވީ އާރުޑީސީން ކެނދިކުޅުދޫގައި ބޭނުންކުރުމަށް ކުއްޔަށް ހިފާފައިވާ ޕިކަޕަކީ އެއްވެސް ވަރަކަށް ބޭނުންކުރެވޭ ހާލަތެއްގައި އޮތް އުޅަނދެއް ނޫން ކަމަށެވެ. ނަމަވެސް އެ ޕިކަޕަށް މަހަކު 75000ރ. ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އޭގެ [ޕިކަޕްގެ] ހަތަރު ފުރޮޅާއި ބޮލާ ހުރީ ވަކިން ގެއެއްގެ ގުދަނެއްގައި. އަދިވެސް އޮތީ އެހެން. ދުވާލަކު 2،500ރ. އަށް އާރުޑީސީއަށް ކުއްޔަށް ދީފައި، މަހަކު 75،000ރ. އެ ޕިކަޕަށް ޕޭ ކުރަމުން އެބަދޭ،" އީސަ ވިދާޅުވިއެވެ.