ސިޔާސީ މުވައްޒަފުންނަށް މަހަކު 160 މިލިއަން؛ މިއީ 10 ރަށުގެ ފެނާއި ނަރުދަމާގެ ފައިސާ: ޣަފޫރު

އަދަދު

7 ޖެނުއަރީ 2026 | ބުދަ | 8:35

ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކު 160 މިލިއަން ރުފިޔާ ހޭދަކަމުން އެބަދާ ކަމަށާއި އެއީ 10 ރަށުގެ ފެނާއި ނަރުދަމާއަށް ހޭދަވާ ވަރު ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ، މި ސަރުކާރުގެ އަތަށް ރައްޔިތުންގެ ކަންކަން ފުއްދުމަށް 174 ބިލިއަން ރުފިޔާ ދެވިފައިވީ ނަމަވެސް، އެ ފައިސާއިން ރަށްރަށުގެ ތަރައްގީއަށް ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ބޮޑު ބާރު ކަމަށްވާ އެމެރިކާގެ ސަރުކާރުގައި 4،000 ސިޔާސީ ބޭފުޅުން ތިއްބެވިއިރު، މުއިއްޒުގެ މި ވެރިކަމުގައި އެ އަދަދު 4،100 އަށް އަރާފައިވާ ޣަފޫރު ވިދާޅުވި އެވެ.

މައުޟޫޢުތަށް