އާސަންދައަށް ކުރާ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފި
އަދަދު
7 ޖެނުއަރީ 2026 | ބުދަ | 10:22
އާސަންދައިގެ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިޓް އޮފީހުން ނެރުނު އާސަންދައިގެ ޕާފޯމަންސް އޮޑިޓްގައި ލަފާކޮށްފި އެވެ.
އެ ރިޕޯޓުގައި ބުނީ އަންނަ އަހަރު ދައުލަތުން ބޭސްފަރުވާއަށް ކުރާ ހަރަދު 10 ބިލިއަން ރުފިޔާއަށް ލަފާކުރެވޭއިރު، ދައުލަތުން އާސަންދައަށްކުރާ ހަރަދު އަންނަ އަހަރަށް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"2027 ވަނަ އަހަރު ދައުލަތުން ބޭސްފަރުވާއަށް ކުރާ ހަރަދު 10 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2019 އާ އަޅައިބަލައިއިރު 116 ޕަސަންޓަށް އިތުރު އަދަދެއްކަން ފާހަގަކުރަން. ދައުލަތުން އާސަންދައަށް ކުރާ ހަރަދު 2027 ވަނަ އަހަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2019 އާ އަޅައިބަލައިއިރު 62 ޕަސަންޓު އިތުރު އަދަދެއްކަން ފާހަގަކުރެވޭ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.