14 ރަށެއްގައި 14 މަޝްރޫއެއް ހިންގަން އެމްޓީސީސީ އާ ހަވާލުކޮށްފި
އަދަދު
7 ޖެނުއަރީ 2026 | ބުދަ | 10:43
ޖުމްލަ 14 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީ އާ ހަވާލުކޮށް، އެގްރީމެންޓުތަކެއްގައި ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީ އިން އެމްޓީސީސީ އާއެކު މި އެއްބަސްވުންތަކުގައި ސޮއިކުރީ އިއްޔެ އެވެ.
އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ. އެމްޓީސީސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.