މާލޭ މަގުމަތީ އަންހެނެއްގެ ގައިގައި ތަޅައިގަތް ފިރިހެން މީހާ ހައްޔަރުކޮށްފި
އަދަދު
8 ޖެނުއަރީ 2026 | ބުރާސްފަތި | 9:17
މާލޭ ގަލޮޅު ހަލަވެލި ގޯޅީގައި އަންހެނަކަށް ހަމަލާދިން މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
ރޭ ހަލަވެލި ގޯޅި ތެރޭގައި ހިނގި އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު ވަނީ އަންހެނެއްގެ މޫނު މަތީގައި އަތުން ތަކުރާރުކޮށް ޖަހައި މާރާމާރީ ހިންގައިފަ އެވެ.