ހުލާސާކޮށް އިއްޔެ: ހަލާކުވެފައި އޮތް ޕިކަޕަކަށް މަހަކު 75،000ރ

އަދަދު

8 ޖެނުއަރީ 2026 | ބުރާސްފަތި | 6:35

ނ. ކެނދިކުޅުދޫގެ މަގު ހެދުމުގެ ނަމުގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ބޮޑެތި ހިޔާނާތްތައް ހިންގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ތުހުމަތު ކުރެއްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި އީސަ ވިދާޅުވީ އާރުޑީސީން ކެނދިކުޅުދޫގައި ބޭނުންކުރުމަށް ކުއްޔަށް ހިފާފައިވާ ޕިކަޕަކީ އެއްވެސް ވަރަކަށް ބޭނުންކުރެވޭ ހާލަތެއްގައި އޮތް އުޅަނދެއް ނޫން ކަމަށެވެ. ނަމަވެސް އެ ޕިކަޕަށް މަހަކު 75000ރ. ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އޭގެ [ޕިކަޕްގެ] ހަތަރު ފުރޮޅާއި ބޮލާ ހުރީ ވަކިން ގެއެއްގެ ގުދަނެއްގައި. އަދިވެސް އޮތީ އެހެން. ދުވާލަކު 2،500ރ. އަށް އާރުޑީސީއަށް ކުއްޔަށް ދީފައި، މަހަކު 75،000ރ. އެ ޕިކަޕަށް ޕޭ ކުރަމުން އެބަދޭ،" އީސަ ވިދާޅުވިއެވެ.

މައުޟޫޢުތަށް