ގަލުފަޅު ހިއްކަނީ އެމްއޭސީއެލްގެ ހަރަދުގައި ސީއެމްސީން

އަދަދު

8 ޖެނުއަރީ 2026 | ބުރާސްފަތި | 11:52

ކޮންވެންޝަން ސެންޓަރެއް ހިމެނޭހެން އިވެންޓް ސެެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ފަށާފައިވާ ގަލުފަޅު ހިއްކަނީ، އެއާޕޯޓުތައް ހިންގާ އެމްއޭސީއެލްގެ ހަރަދުގައި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކަން އެނގިއްޖެ އެވެ.

މި ފަހުން އަތަމަނައަށް ނަން ބަދަލުކޮށްފައިވާ ގަލުފަޅު މަޝްރޫއަކީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގަން އުޅުނު މަޝްރޫއެކެވެ. ނަމަވެސް ނިމުނު އަހަރުގެ ފަހުކޮޅު ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ވަނީ މި މަޝްރޫއު ސީދާ ސަރުކާރުން ހިންގާ ގޮތަށް ބަދަލުކޮށް، މަސައްކަތް ފަށައިފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަލުފަޅު މަޝްރޫއު ހިންގުމާ ސަރުކާރުން ހަވާލުވީ، ޝައްކުކުރެވޭ އެތައް ކަމެއް ވަށައިގެން ހިނގާފައިވާ، ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރަން ބުނި 8.8 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ އެވެ.

މައުޟޫޢުތަށް