ކައުންސިލް އިންތިހާބު 2026: ވޯޓުލެވެނީ 294،937 މީހުންނަށް، ފޮށިތަކުގެ މައުލޫމާތު އާންމުކޮށްފި

އަދަދު

8 ޖެނުއަރީ 2026 | ބުރާސްފަތި | 10:59

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންގެ ލިސްޓު އާންމުކޮށް، ވޯޓުފޮށިތަކުގެ މައުލޫމާތު ވެސް އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 294،937 މީހުންގެ ތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށެވެ. ބާކީ ތިބި 144،527 މީހުންނަކީ އަންހެނުންނެވެ.

އީސީން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓަށް ޖެނުއަރީ 18، ވާ އާދީއްތަ ދުވަހުގެ މެންދުރު 15:00 ގެ ނިޔަލަށް އިލެކްޝަންސްގެ މައިޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.

މައުޟޫޢުތަށް