ފައިސާގެ ދަތިކަމުން ބުރުނީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި!
އަދަދު
8 ޖެނުއަރީ 2026 | ބުރާސްފަތި | 2:41
ތ. ބުރުނީގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އުމުރާނީ ތަރައްގީއާއި، ތައުލީމާއި ސިއްހީ ދާއިރާއިން ބުރުނީގައި ކުރިއަށްގެންދަން ހުރި މަޝްރޫއުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް، އަދި ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ސެޕްޓެމްބަރު 2025 ގައި އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވިޔަސް ތަރައްގީގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ.
ބުރުނިން "އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ވެސް ބޮޑުބައި ވަނީ ނިމިފައެވެ. އިމާރާތުގައި ކުލަލައި، ވަޔަރިން ނިންމައި، ބޭނުންވާ ފަރުނީޗަރު ވެސް ވަނީ ވައްދާފައެވެ.