ފުވައްމުލަކު ނެރުމަތީ އޮއެ ބާރުވެ ދޯނިތައް ފަރުމައްޗަށް ލައްވަނީ
އަދަދު
8 ޖެނުއަރީ 2026 | ބުރާސްފަތި | 8:02
ވައި ގަދަވެ މޫސުން ގޯސް މި ދުވަސްވަރު ފުވައްމުލަކު ނެރު މަތީ އޮއެ ބާރުވެ، އެ ރަށަށް ލަފާ އޮޑިދޯނިފަހަރު ފަރުމައްޗަށް ލައްވާން ފަށައިފި އެވެ.
ފުވައްމުލަކު ބަނދަރު އޮންނަ އެ ރަށުގެ އިރުމަތީ ކަންމައްޗަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ވެސް ބާނި ހުންނަ، ރާޅު ބޮޑު އަދި އޮއެ ގަދަ ސަރަހައްދެކެވެ. މި ދުވަސްވަރު ދެކުނަށް މޫސުން ގޯސްވުމުން ފުވައްމުލަކު ބަނދަރާއި ނެރުމަތީ ވަކިން ރާޅު ބޮޑެވެ.
މި ނޫހަށް ލިބިފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ނެރުން ވަންނަން އަންނަ ދޯނިފަހަރު ލައްވަނީ ރަށާއި ވީ ފަޅީގައި އޮންނަ ތިލަ ފަޅުގެ ސަރަހައްދަށެވެ. މިއަދު އެކަނި ވެސް އެތަނަށް ދެ ދޯންޏެއް ލައްވި ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުނެ އެވެ.