ޕީއެންސީ އޮފީސް ހުޅުވާތީ ބައެއް ބަސް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑާލަނީ

އަދަދު

8 ޖެނުއަރީ 2026 | ބުރާސްފަތި | 7:48

ވެރިކަން ކުރާ ޕީއެންސީ އިން މީގެ ކުރިން ޖަގަހަ ހިންގި އިމާރާތް މަރާމާތުކޮށް ހަތަރު ބުރީގެ އޮފީހެއް ހުޅުވަން މިރޭ ބާއްވާ ޖަލްސާއާ ދިމާކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކެއް ހުއްޓާލަން އެމްޓީސީސީ އިން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގެ މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އެ ކުންފުނިން ދެމުން ގެންދާ އާރުޓީއެލް ބަހުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ R2 (ކާނިވަލް ސަރަހައްދުން ހުޅުމާލެ ފޭސް އެކަކަށް ދަތުރުކުރާ ރޫޓު) އަދި R8 (ކާނިވަލް ސަރަހައްދުން ހުޅުމާލެ ފޭސް ދޭކަށް ދަތުރުކުރާ ރޫޓު) ގެ ދަތުރުތައް މިރޭ 8:00 އިން 12:00 އަށް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މާލެ ތެރޭގެ ބަސް ރޫޓުތަކުގެ ތެރެއިން އަމީނީ ރޫޓުގެ ބަސް ދަތުރު އެ ވަގުތަށް ހުއްޓާލައި އޯކިޑު ރޫޓުގެ ބަސް ދަތުރުކުރާ ގޮތަށް ބަދަލު ގެންނާނެ ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް