މާލެއަށް ވެހިކަލް ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލަން މޭޔަރުކަމުގެ ފުރަތަމަ ދުވަހު އެދޭނަން: އަލީ އާޒިމް

އަދަދު

8 ޖެނުއަރީ 2026 | ބުރާސްފަތި | 9:15

މާލޭގެ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މަގާމުގެ ފުރަތަމަ ދުވަހު މާލެއަށް ވެހިކަލް ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުގައި އެދޭނެ ކަމަށް މާލޭގެ މޭޔަރުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަދަދު އިން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އިންތިހާބު ވެއްޖެނަމަ މަގާމާ ހަވާލުވާތާ ހަ މަސްދުވަހުގެ ތެރޭގައި މާލޭގެ ވެހިކަލް ކެރީޔިން ކެޕޭސިޓީ ކަނޑައަޅުއްވާނެ ކަމަށެވެ، އަދި ވައުދު ހާސިލުނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު މޭޔަރުކަމުގެ ފުރަތަމަ ދުވަހު، އަޅުގަނޑު ޓްރާންސްޕޯޓް މިނިސްޓްރީއަށް، ރައީސުލްޖުމްހުރިއްޔާއަށް ސިޓީ ފޮނުވާނަން. މާލޭގަ ވެހިކަލް ރަޖިސްޓްރީ ކުރުން މިވަގުތަށް އިހަށް މަޑުޖައްސާލަ ދޭށޭ. ގަވާއިދުތަކެއް، އުސޫލުތަކެއް، ހަމަތަކެއް ހެދެންދެން، ޕާކިން ފެސިލިޓީ ގެނެވެންދެން،" އާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް