ރަށްރަށުގައި ޓޫރިސްޓުން އުޅޭއިރު ހިފަހައްޓަންޖެހޭ މިންގަނޑުތައް ހަރުކަށި ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

8 ޖެނުއަރީ 2026 | ބުރާސްފަތި | 10:36

ލޯކަލް ޓޫރިޒަމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރަށު ތެރޭ އުޅޭއިރު އަމަލުކުރަން ޖެހޭ މިންގަނޑުތައް މިހާރަށްވުރެ ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ލޯކަލް ޓޫރިޒަމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. އަދި، ލޯކަލް ޓޫރިޒަމް ކުރިއަރުވަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ނިންމުމެވެ.

މައުޟޫޢުތަށް