އިދިކޮޅު ފަރާތްތަކަކީ "ދީނާ ހިލާފު ސިޔާސީ ފިކުރެއް" ގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި
އަދަދު
8 ޖެނުއަރީ 2026 | ބުރާސްފަތި | 11:04
އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނަކީ އިސްލާމް ދީނާ ހިލާފު ފިކުރު ފަތުރާ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު މިރޭ ސިފަ ކުރައްވައިފި އެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޖުވާ ކުޅުން ގާނޫނީ ގޮތުން މަނާ ކުރަން އުޅުމުން އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހެދި ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުގެ ކަންކަމަކީ މި މާތްވެގެންވާ އިސްލާމް ދީން ދެކެ ލޯބި ކުރައްވާ މި ސައްތައިންސައްތަ އިސްލާމީ މުޖްތަމައުގައި ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.