ވިލުފުށީގައި ބިންގާ އެޅި ބީއެމްއެލް ބްރާންޗުގެ މަސައްކަތެއް ނުފެށޭ، ބިންގާ ވެސް މިހާރު ނެތް!
އަދަދު
9 ޖެނުއަރީ 2026 | ހުކުރު | 12:44
ތ. ވިލުފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުގެ ބިންގާ އެޅިތާ މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް ބްރާންޗު އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ވިލުފުށްޓަށް ކުރެއްވި ޒިޔާރަތުގައި ކުލަގަދަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އެޅި މި މަޝްރޫއަކީ، އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފެށި މަޝްރޫއެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ނަމަވެސް ބިންގާ އެޅި ފަހުން އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އޮތުމަށް ފަހު، އެންމެ ފަހުން ލިބުނު ފޮޓޯތަކާއި މައުލޫމާތުން އެނގޭ ގޮތުގައި އެތަނުގައި އެޅި ބިންގާ ވެސް މިހާރު ފެންނާކަށް ނެތެވެ.