އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޝިފާން އާއި އިކްރާމް

އަދަދު

9 ޖެނުއަރީ 2026 | ހުކުރު | 5:39

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ ޑިސެމްބަރު 29، ގައި ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރުކަން އެނގިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ޝިފާން އާއި އިކްރާމް ވަނީ ކެންޑިޑެންސީ ފޯމް އަދާލަތު ޕާޓީއަށް ހުށަހަޅުއްވާފަ އެވެ. އެ ދެ ކެންޑިޑޭޓުންގެ އިތުރުން އެހެން އެއްވެސް ކެންޑިޑޭޓެއް ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް އެދި ފޯމެއް ހުށައެއް ނާޅަ އެވެ.

ޝިފާންގެ ނައިބުރައީސެއްގެ ގޮތަށް ހުށަހަޅާފައިވަނީ އަބްދުﷲ އެވެ. އިކްރާމްގެ ނައިބުރައީސެއްގެ ގޮތަށް ހުށަހަޅާފައި ވަނީ މުހައްމަދު މުއްތަލިބު އެވެ.

މައުޟޫޢުތަށް