ފޮރިން ސާވިސްއަށް އައްޔަންކުރަންވީ އެ ދާއިރާގެ ތައުލީމު ލިބިފައިވާ މީހުން: ފައްޔާޒް
އަދަދު
10 ޖެނުއަރީ 2026 | ހޮނިހިރު | 6:20
ފޮރިން ސާވިސްއަށް އައްޔަންކުރަންވީ އެ ދާއިރާއިން ރަސްމީ ތައުލީމް ލިބިފައި ތިބި މީހުން އެކަނި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއިރާގެ ރަސްމީ ތައުލީމް ލިބިފައިތިބި މީހުން އެކަނި ފޮރިން ސާވިސްއަށް އައްޔަންކުރާ ގޮތަށް ގާނޫނުގައި ކަނޑައެޅުމުން ޒަމާންވީ ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތައް މަދުވާނެ ކަމަށެވެ.
"ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ޤާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެކަމަށް ފެނޭ. އޭރުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ މިފަދަ ހާދިސާތައް ދިމާވުން މަދުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.