ހުލާސާކޮށް އިއްޔެ: ޕީއެންސީއަށް ގާނޫނެއް ގަވާއިދެއް ނެތް

އަދަދު

11 ޖެނުއަރީ 2026 | އާދިއްތަ | 6:08

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މާލޭ ސިޓީ ކައުންސިލުން އެ ގޯތީގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް، ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ، ޖުމުލަ 128,545ރ. އިން ގޯތީގެ ވެރިފަރާތް ސަފިއްޔާ ޒުބައިރު ވަނީ ޖޫރިމަނާކޮށްފަ އެވެ.

މި ޖޫރިމަނާ ކަނޑައަޅާފައި ވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ އެވެ.

މައުޟޫޢުތަށް