ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަނީ
އަދަދު
11 ޖެނުއަރީ 2026 | އާދިއްތަ | 10:22
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއް ހޯދަން ދެ އަތޮޅެއްގައި ހާއްސަ މަސައްކަތްތަކެއް ހިންގަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއީ މިދިޔަ ނޮވެމްބަރު އެއްފަހަރާ 500 އަށްވުރެ ގިނަ ފުލުހުން ނެރެގެން ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. މިއަދު ހެދުނުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން ދަނީ ގއ. އަތޮޅާއި މާލެ އަތޮޅުގަ އެވެ.
މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.