ދުންތަފާ ދެކޮޅު އެންމެ ބޮޑު ގްރޫޕުން ދުންފަތް މަނާކުރުމުގެ ބަދަލުގައި ރެގިއުލޭޓް ކުރުމަށް ސަޕޯޓު ކުރާ ސަބަބު
އަދަދު
11 ޖެނުއަރީ 2026 | އާދިއްތަ | 12:32
ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް ދުނިޔޭގައި ހިނގާ ހަނގުރާމައިގައި، އިނގިރޭސިވިލާތުގެ އެކްޝަން އޮން ސްމޯކިން އެން ހެލްތު (އޭއެސްއެޗް) އަކީ ދުންފަތް އިންޑަސްޓްރީގެ އެންމެ ބޮޑު ހަތުރެވެ. ދަހަރުތަކެއް ވަންދެން އެ ޖަމިއްޔާއިން ވަނީ ސިނގިރޭޓް ޕެކުގެ ބޭރުގައި ބްރޭންޑުގެ ނަން ނުޖެހުމާއި، ޓެކްސް މަތިކުރުމާއި، އިޝްތިހާރު ކުރުމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިންތައް ހިންގައިފަ އެވެ. ހުރިހާ ގޮތަކުން ބަލާ ނަމަވެސް، އެ ޖަމިއްޔާއަކީ ދުންފަތާ ދެކޮޅު އެންމެ ބޮޑު ހިޔާލެވެ.
އެހެން ނަމަވެސް، ފާއިތުވި މަދު އަހަރުތަކުގައި އޭއެސްއެޗްއިން ވަނީ ރާއްޖޭގެ ސިޔާސަތު ބައްޓަން ކުރާ ފަރާތްތައް ހައިރާންކުރުވާނެ ފަދަ ސްޓޭންޑުތައް ނަގައިފަ އެވެ: އޭގެ ތެރޭގައި ދުންފަތް ރެގިއުލޭޓް ކުރުމަށް ތާއީދު ކުރުމާއި، ސްމޯކް ފްރީ ބާވަތްތައް ފަދަ ނިކޮޓިން ޕައުޗް އާއި ހީޓެޑް ޓޮބޭކޯ އަދި އީ-ސިނގިރޭޓް ލިބޭނެ މަގުފަހިކުރުން ހިމެނެ އެވެ.
ދުންފަތް އިންޑަސްޓްރީ ނައްތާލަން ގަދައަޅާ މަސައްކަތް ކުރާ ޖަމިއްޔާއަކުން މި އުފެއްދުންތައް ތާއީދުކުރަނީ ކީއްވެތޯ ބެލުން މުހިއްމެވެ.