ކައުންސިލް އިންތިހާބާ ދިމާކޮށް ވިލުފުއްޓާއި ތުޅާދޫ އިން ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލައިފި
އަދަދު
11 ޖެނުއަރީ 2026 | އާދިއްތަ | 4:38
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ތ. ވިލުފުއްޓާއި ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހުއުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލް އަތުން އަތުލުމަށްފަހު ހައުސިން މިނިސްޓްރީން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލީ ސަރުކާރުގެ، ބޯހިިޔާވެހިކަން އެންމެންނަށް ސިޔާސަތުގެ ދަށުންނެވެ.
މިގޮތުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލީ މިއަދުން ފެށިގެން އޭޕްރިލް 11، ގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. މިނިސްޓްރީން ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އިއުލާންކޮށްފަ އެވެ.