އިރާނާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ
އަދަދު
11 ޖެނުއަރީ 2026 | އާދިއްތަ | 9:39
އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ މުސްލިމުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައުއިން އިރާނުގެ ސަރުކާރު ދިފާއު ކުރުމުގެ ބަދަލުގައި، މިވަގުތު ތިބެންވީ އިރާނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
"އިރާނުގެ ރައްޔިތުން މަގުތަކަށް ނިކުމެ ޑިމާންޑުކުރަމުންދަނީ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައި، އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުން އައި އަނިޔާވެރިކަމާ ދެކޮޅަށް،" ނަޝީދު ވިދާޅުވި އެވެ.