ސްޓޫޑެންޓް ލޯނުގައި ކިޔަވަނީ 1،740 ދަރިވަރުން، މިދިޔަ އަހަރު ދޫކުރީ 548 މިލިއަން ރުފިޔާ

އަދަދު

12 ޖެނުއަރީ 2026 | ހޯމަ | 11:20

ސްޓޫޑެންޓް ލޯނުގައި މި ވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ކިޔަވަމުންދާއިރު، މިދިޔަ އަހަރު 548.16 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ސްޓޫޑެންޓް ލޯނުގައި ކިޔަވަމުންދާ 1،740 ދަރިވަރުންގެ ތެރެއިން 1،072 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. ބާކީ 668 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.

މިދިޔަ އަހަރު ސްޓޫޑެންޓް ލޯނުގައި 596 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، 660 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އޭގެއިތުރުން މިހާތަނަށް ސްޓޫޑެންޓް ލޯނަށް 1،438 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، 1،211 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

މައުޟޫޢުތަށް