މަޝްރޫއުތައް ކުރިއަށް ނުދަނީ އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ ކައުންސިލްތައް ބަދުނާމު ކުރީ އަގުވައްޓާލަން: ނިޒާރު

އަދަދު

12 ޖެނުއަރީ 2026 | ހޯމަ | 1:36

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ކައުންސިލުތަކުގެ އަގު ވައްޓައިލުމަށް މި ސަރުކާރުން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަދަދު އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ މި ވެރިކަން ފެށުނީއްސުރެ ތަކުރާރުކޮށް ކައުންސިލްތަކުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ލަސްވަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވައި މުއިއްޒު ދެއްކެވި ވާހަކައަކީ ޒިންމާދާރުކަމެއް ނެތި ދެއްކެވި ވާހަކަތަކެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ބަލަންވާ ވަރަށް ނުބަލައި، އަދި ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ޒިންމާދާރުކަން ކުޑަކޮށް ކައުންސިލްތަކުގެ އަގު ހަމަ ތަކުރާރުކޮށް މި ސަރުކާރު އައިއްސުރެ ކައުންސިލްތަކުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރެވޭ، އޭގެން، އެ ސިލްސިލާގެ ތެރެއިން ހިނގާދިޔަ ވާހަކަތަކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ މި ކަން ވެސް ހިނގައިދިޔައީ،" ނިޒާރު ވިދާޅުވި އެވެ.

މައުޟޫޢުތަށް