ސޮފްވާންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތެއް ފުލުހުން ތަހުގީގު ކުރަނީ

އަދަދު

12 ޖެނުއަރީ 2026 | ހޯމަ | 6:41

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހެޑް ކޯޗު، ސޮފްވާން އަހުމަދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސޮފްވާންގެ މައްޗަށް ކުރެވެނީ އަންހެން ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމުރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމުރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ކުށެއްގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް