ގއ. އަތޮޅުން ހައްޔަރުކުރި ޑްރަގު ނެޓުވޯކުގެ އެކައުންޓުތަކުގައި 300 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ: ފުލުހުން

އަދަދު

13 ޖެނުއަރީ 2026 | އަންގާރަ | 7:04

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަ ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ގއ. އަތޮޅުން ހައްޔަރުކުރި ނެޓުވޯކުގައި ހިމެނޭ މީހުންގެ އެކައުންޓުތަކުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުންދާ މި ނެޓުވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހާއްސަ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށެވެ.

މި ނެޓްވޯކްގެ ހަތަރު މީހަކު ހައްޔަރުކުރީ، ފުލުހުން މިހާރު ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު އެވެ. ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލީ ހަތަރު މީހެކެވެ.

މައުޟޫޢުތަށް