ދުންފުހުގެ އަސަރު މިއަދު ނެތަސް، ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް އަސަރު ކުރާނެ: މެޓް
އަދަދު
13 ޖެނުއަރީ 2026 | އަންގާރަ | 11:22
ރާއްޖޭގެ ސަރަހައްދުން މިވަގުތު ދުންފުހުގެ އަސަރު ކެނޑި ވައި ސާފުވި ނަމަވެސް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖެއަށް ދުންފުހުގެ އަސަރުކުރަން ފަށައި، ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ބޮޑަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ދެން އެހެންވީމަ އަނެއްކާވެސް ލަފާކުރެވޭ އަޅުގަނޑުމެންނަށް 15 ގެ މެންދުރު ފަހުން ފެށިގެން ދުންފުހުގެ އަސަރުކުރާނެ ކަމަށް. ދެން ހުކުރު ދުވަހު ތަންކޮޅެއް ބޮޑަށް ވެސް އެބަހުރި އުތުރާއި މެދުރާއްޖެތެރެއަށް ދުންފުހުގެ އަސަރުކުރާނެ ކަމަށް،" މެޓުން ބުންޏެވެ.