މަޖިލިސް ރައީސް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
އަދަދު
13 ޖެނުއަރީ 2026 | އަންގާރަ | 1:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މަޖިލީހުގެ މީޑިއާ އޮފިޝަލް މާން އަސްއަދު އަދަދު އަށް ވިދާޅުވީ އަބްދުއްރަހީމް ފުރާވަޑައިގަންނަވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ މަޖިލިސް ރައީސުން ބައިވެރިވެވަޑައިގަންނަވާ 28 ވަނަ ކޮންފަރެންސަށް ކަމަށެވެ.
މާދަމާ ފަށާ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު އަބްދުއްރަހީމް އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 18، ގަ އެވެ.