ބަންގަލަދޭޝްއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާތީ ސަމާލުވާން އެދިއްޖެ

އަދަދު

13 ޖެނުއަރީ 2026 | އަންގާރަ | 9:32

ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރުމަށް ދިރިއުޅޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ގައުމުން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 12 ގައި ބާއްވާ އިންތިހާބާއި ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސް ދުވަހަށް އެ ގައުމަށް ދަތުކުރާ އެންމެނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، މި މުއްދަތުގައި އެ ގައުމަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުކަންދީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް ހާރިޖިއްޔާއިން އެދިފައިވެ އެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުން މައިގަނޑު ގޮތެއްގައި ކިޔަވަނީ ބޭސްވެރިކަމުގެ ދާއިރާ އެވެ.

މައުޟޫޢުތަށް