މިދިޔަ މަހު އެކަނިވެސް ޑެންގީއަށް 413 މީހުން ޕޮޒިޓިވް

އަދަދު

14 ޖެނުއަރީ 2026 | ބުދަ | 10:07

މަދިރީގެ ޒަރީޔާއިން ފެތުރޭ ޑެންގީހުމަށް ޕޮޒިޓިވްވާ މީހުން އިތުރުވެ މިދިޔަ މަހު އެކަނިވެސް 413 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ މަހު ޑެންގީހުން 413 ޖެހުނުއިރު، އެއީ ނޮވެމްބަރު މަހާ އަޅާބަލާއިރު 31 މީހުންގެ އިތުރުވުމެއް ކަމަށެވެ. ނޮވެމްބަރު މަހު ބައްޔަށް 382 މީހުން ޕޮޒިޓިވްވި ކަމަށް އެ އެޖެންސީން ބުންޏެވެ.

ޑެންގީފުހުންފަދަ މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މައުޟޫޢުތަށް