އިންތިހާބާ ދިމާކޮށް 500 މުވައްޒަފުން ނަގާ މައްސަލަ ބަލާކަމެއް އޭސީސީ އިން ނުބުނި
އަދަދު
14 ޖެނުއަރީ 2026 | ބުދަ | 10:09
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގާ މައްސަލަ ބަލާކަން ނުވަތަ ނޫންކަން ބުނަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފި އެވެ.
ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ޕަބްލިކް ވޯކްސްގެ ހިދުމަތް އަތޮޅު ތެރޭގައި ފުޅާކުރަން 500 އަށްވުރެ ގިނަ މުވައްޒަފުން އަންނަ މަހުގެ ކުރިން ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އަދަދު އިން ތަކުރާރުކޮށް އޭސީސީއަށް ގުޅައި މި މައްސަލަ ކޮމިޝަނުން އިސްނަގައިގެން ވިޔަސް ބަލަމުންދޭތޯ ސުވާލުކުރުމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.