އިނގިރޭސި ދެމަފިރިން ރާއްޖެއަށް ކުރި 60 ވަނަ ދަތުރުގައި މަރުވެއްޖެ
އަދަދު
14 ޖެނުއަރީ 2026 | ބުދަ | 2:10
ރާއްޖެއަށް 60 ވަނަ ފަހަރަށް ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެމަފިރިއަކު، އެއްލައިދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއިން ނުފުރެނީސް ވަކި ދެ ހާދިސާއެއްގައި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އއ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅެނިކޮށް މަރުވީ އެލައިނީ ރިޗްމޮންޑް، 70، އާއި އޭނާގެ ފިރިމީހާ މެލްކޮމް ޖޯން ރިޗްމޮންޑް، 71، ކަމަށެވެ.
އެލައިނީ މަރުވީ، ރިސޯޓުގެ ފަރު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ޑިސެމްބަރު 19، ގަ އެވެ. ޑައިވިންއަށް ދިޔައީ ފިރިމީހާއާއެކު އެވެ. ރިޗްމޮންޑް މަރުވީ އަނބިމީހާގެ މަރަށް ފަހު ޑިސެމްބަރު 21، ގައި އެނބުރި ގައުމަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.