ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އަދަދު

14 ޖެނުއަރީ 2026 | ބުދަ | 1:52

ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ސައިކަލު ވަގަށް ނެގުމުގެ ގިނަ ކުށުގެ ރެކޯޑު އޮންނަ ހދ. ވައިކަރަދޫ، އަހްމަދު އަދީބު، 34، ހައްޔަރުކުރީ ހުޅުމާލެ ހައިވަކަރުމަގުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކުށުގެ ރެކޯޑާއި އަމަލުތައް ހުރި ގޮތުން ހުއްޓުވައި ސުވާލުކުރިއިރު ވަގަށް ނަގާފައިވާ ސައިކަލެއް ގެންގުޅުނު މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް