ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
އަދަދު
14 ޖެނުއަރީ 2026 | ބުދަ | 7:16
މި އަހަރު އަމަލުކުރަން ފެށި ޒަކާތު ގަނޫނުގެ ދަށުން އެކުލަވާލި ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ޒަކާތު ކައުންސިލްގެ ރައީސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޒަކާތާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންނެވެ.
ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ ފަދަ، ދެފުށް ފެންނަ އަދި ނިޒާމީ ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ޓަކައި އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.