ދައުލަތުގެ ބަޖެޓުން 40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދީފި
އަދަދު
14 ޖެނުއަރީ 2026 | ބުދަ | 5:13
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިިކަން (މީޑިއާ ގްރާންޓް) ދޫކުރާ ޕްރޮގްރާމުގެ ދަށުން 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 40 މީޑިއާއަކަށް މީޑިއާ ގްރާންޓް ޖަމާކޮށް ނިމިފައިވާ ކަމަށެވެ.
މީޑިއާ ގްރާންޓުން އެންމެ ގިނައިން ފައިސާ ލިބެނީ މިހާރު ނޫހާއި އެ ނޫހުގެ އިނގިރޭސި ބައި ކަމަށްވާ ދަ އެޑިިޝަންއަށެވެ. މިހާރަށް 793،214.45ރ. ލިބޭއިރު، ދަ އެޑިޝަނަށް 633,292.18ރ. ލިބެ އެވެ. އެހެންކަމުން އެ ދެ މީޑިއާ އެއްކޮށްލުމުން 1،426،506.63ރ. ލިބެ އެވެ.