ޕީއެންސީ ކައުންސިލަރުން ހާޒިރު ނުވާތީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނު
އަދަދު
14 ޖެނުއަރީ 2026 | ބުދަ | 4:45
ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ހަތް ބޭފުޅުންނެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަނީ ވެރިކަން ކުރާ ޕީއެންސީގެ ބައެއް ކައުންސިލަރުންނެވެ.