އަބްދުއްރަހީމް އާއި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

އަދަދު

14 ޖެނުއަރީ 2026 | ބުދަ | 10:35

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރައްވާ ރަސްމީދަތުރުގެ ތެރެއިން އިންޑިއާގެ ގާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، އޯމް ބިރްލާއާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ ނިއުދިއްލީގައި ކުރިއަށްގެންދާ ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޮންފަރެންސެއް ރާވާ އިންތިޒާމުކުރުމަކީ ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް ލޮކް ސާބާއިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

މައުޟޫޢުތަށް