ޑޮލަރު މާރުކުރަން މަޖުބޫރުވުމުން ސަން ސިޔާމް ގްރޫޕުގެ ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި
އަދަދު
15 ޖެނުއަރީ 2026 | ބުރާސްފަތި | 7:06
ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ހުރެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށްދޭ ސާވިސް ޗާޖު މި ޖެނުއަރީން ފެށިގެން ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން މަޖުބޫރުކޮށްފަ އެވެ.
މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް، 5000 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ ސަން ސިޔާމް ގްރޫޕުން މުއައްޒަފުން ފޮނުވި މެމޯއެއްގައި ބުނެފައިވެ އެވެ.