ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީވާން ހުޅުވާލައިފި

އަދަދު

15 ޖެނުއަރީ 2026 | ބުރާސްފަތި | 11:20

އަންނަ އެޕްރީލް 4، ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.

އީސީން ބުނީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީކުރަން ހުޅުވާލީ ފެބްރުއަރީ 23، ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށް ކަމަށެވެ. މިގޮތުން އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދި 1414 އަށް ގުޅުމުން އިންތިޒާމު ހަމަޖެހޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

އީސީގެ ކޯލް ސެންޓަރުން ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ.

މައުޟޫޢުތަށް