ކެނަބިސް ގަސްތަކެއް ހެއްދި މީހަކަށް 100 އަހަރުގެ ޖަލު ހުކުމަކާއި ހަތަރު ލައްކައިގެ ޖޫރިމަނާއެއް

އަދަދު

15 ޖެނުއަރީ 2026 | ބުރާސްފަތި | 12:15

މާލޭގެ ގެއެއްގައި ކެނަބިސް ގަސްތަކެއް ހައްދައިގެން ގެންގުޅެ އަދި އެޕާޓްމަންޓެއްގައި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ކުށް ސާބިތުވި މީހަކު 100 އަހަރަށް ޖަލަށް ލުމަށާއި 400،000ރ. އިން ޖޫރިމަނާ ކުރަން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބެލި މި މައްސަލައަކީ 2023 ވަނަ އަހަރު މާލޭ ގެއެއްގެ ދޮރުމަތިން ކެނަބިސް ގަހެއް ފެނިގެން ފުލުހުން ހަރަކާތްތެރިވަނިކޮށް އެ ގަހާއި އަމިއްލައަށް ހަވާލުވި ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހު މައްޗަށް ކުރި ދައުވާ އެކެވެ.

އެ ދުވަހު އެ ގަހަކީ އޭނާގެ ގަހެއް ކަމަށް ބުނުމަށްފަހު ޔާސިހު ވަނީ އޭނާ ދިރިއުޅޭ ގޭގައި އިތުރު ގަސްތައް ހުންނާނެ ކަމަށް ފުލުހުން ގާތު ބުންޏެވެ.

މައުޟޫޢުތަށް