ސަން ސިޔާމް ރިސޯޓުތަކުން ސާވިސް ޗާޖު ރުފިޔާއިން ދެނީ ގޮތް ހުސްވެގެން: އައްބާސް
އަދަދު
15 ޖެނުއަރީ 2026 | ބުރާސްފަތި | 2:00
ސަން ސިޔާމް ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި ސާވިސް ޖާގު ދިވެހި ރުފިޔާއިން ނިންމީ ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައި އޮތުމުން އެ ކުންފުންޏަށް އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވީ ސިޔާމް ރިސޯޓުތަކުގެ މި ނިންމުމަށް ފާޑުކިޔުން އަމާޒުވަމުން ދިޔުމާ ގުޅިގެން، ކަންކަން ސާފުކޮށްދިނުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލަކީ ކުންފުނީގެ ވިޔަފާރި ތާރީހުގައި ނިންމި އެންމެ އުނދަގޫ އަދި، މަޖުބޫރީ ނިންމުމެކެވެ.
"ސަން ސިޔާމް ކުންފުނިން މުއައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ ސާވިސް ޗާޖް ދިވެހި ރުފިޔާއިން ދޭގޮތަށް ނިންމެވި ނިންމެވުމަކީ ސަންސިޔާމް ކުންފުނިން މިދިޔަ 25 އަހަރު ތެރޭގައި ނިންމެވި އެންމެ އުދަގޫ އަދި އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނިންމެވި ނިންމެވުމެއް!" އައްބާސް ލިޔުއްވާފައި ވެ އެވެ.