ހުލާސާކޮށް އިއްޔެ: "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް

އަދަދު

16 ޖެނުއަރީ 2026 | ހުކުރު | 6:14

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ހައި ކޯޓަށް ހުށަހަޅައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޕީޖީން ބުނީ ކޯޓަށް އެ މައްސަލަ ހުށަހެޅީ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަސް ފުލުހުން އެދުމުން، އެ އޮފީހުން ބެލި ބެލުމުން އެ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާތީ ކަމަށެވެ.

ގޭންގެއް ކަމަށް ކަނޑައެޅި "ސްކޫޕް" ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކު ފާހަގަވެފައިވާތީ، އެ މީހުންނަކީ އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައެޅުމަށް އެދި ވެސް ޕީޖީން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

މައުޟޫޢުތަށް