އަމިއްލަ 15 ތަނެއްގެ ޕްރިސްކްރިޕްޝަނަށް އައިނު ހެދޭ ގޮތް ހަދައިފި
އަދަދު
16 ޖެނުއަރީ 2026 | ހުކުރު | 9:01
އާސަންދަ ސްކީމްގެ ދަށުން އައިނު ހެދުމުގެ ހިދުމަތަށް ބޮޑު ލުޔެއް ގެނެސް، އަމިއްލަ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ ދަށުން އައިނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އާސަންދަ ކޮމްޕެނީން އިއްޔެ އާންމުކުރި އިއުލާނެއްގައިވާ ގޮތުން، އެ ކުންފުނީގައި ރަޖިސްޓަރީވެފައިވާ ލޮލުގެ ޑޮކްޓަރުންނާއި އޮޕްޓޮމެޓްރިސްޓުން ދޫކުރާ ރިފްރެކްޝަން ޕްރިސްކްރިޕްޝަންތަކަށް އިއްޔެއިން ފެށިގެން އާސަންދަ މެދުވެރިކޮށް އައިނު ހެއްދޭނެއެވެ.
މި ހިދުމަތް ލިބޭނީ އާސަންދަ ސްކީމްގައި އެމްޕެނަލްކޮށްފައިވާ އައިނު ފިހާރަތަކުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިންނެވެ.