ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވަން އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އަދަދު

16 ޖެނުއަރީ 2026 | ހުކުރު | 3:16

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

މާލެ އާއި ބައެއް ރަށްރަށުގައި މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގައި ޖުމްލަ 161 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ސިޓީ ކައުންސިލާއި ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޓިކެޓުތަކަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނެ އެވެ.

އެމްޑީޕީން އިއުލާން ކޮށްފައިވާ ގޮތުގައި އިންތިހާބުގެ ވޯޓުލުން މިރޭ 8:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. އެއަށްފަހު ވޯޓު ގުނާ މިރޭ ވަގުތީ ނަތީޖާ އިއުލާނުކުރާނެ އެވެ.

މައުޟޫޢުތަށް