އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ބަންދުކޮށްފި

އަދަދު

16 ޖެނުއަރީ 2026 | ހުކުރު | 8:24

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގެ ވޯޓުލުން ބަންދުކޮށްފި އެވެ.

މެންދުރު 2:30 އިން ފެށިގެން ކުރިއަށް ދިޔަ މި ޕްރައިމަރީގައި މުޅި ރާއްޖޭގައި ޖުމުލަ 65 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން 31 ވޯޓު ފޮށި ހުރީ މާލެ ސަރަހައްދުގަ އެވެ.

ފުރަތަމަ އިއުލާނުކުރި ގޮތަށް 8:00 ގައި ގިނަ ފޮށިތަކެއް ވަނީ ބަންދުކޮށްފަ އެވެ. ވޯޓު ގުނަން ފަށާނީ ބަންދުކުރާތާ 15 މިނެޓު ފަހުންނެވެ.

މައުޟޫޢުތަށް