އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި

އަދަދު

16 ޖެނުއަރީ 2026 | ހުކުރު | 9:17

އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ޓިކެޓު މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި އެވެ.

މާލޭގައި މިއަދު ނެގި ވޯޓުން މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްހެން ކާމިޔާބު ކުރައްވާފައިވަނީ އާދަމް އާޒިމް އެވެ. އޭނާ އާއި މި އިންތިހާބުގައި ދެން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

މިއަދުގެ އިންތިހާބުގައި އާދަމް އާޒިމް ވަނީ 1411 ވޯޓު ހޯއްދަވައިފަ އެވެ. އެއީ 57.9 ޕަސެންޓު ވޯޓެވެ. އަލީ އާޒިމްއަށް ލިބުނީ 962 ވޯޓެވެ. އެއީ 39.5 ޕަސެންޓު ވޯޓެވެ. ވޯޓުލާން ނުކުތީ 2436 މީހުންނެވެ. އެކަމަކު، 63 ވޯޓެއް ބާތިލުވި އެވެ.

މައުޟޫޢުތަށް