ބޮޑު ތަފާތަކުން ސައިފް ބަލިކޮށް މައްޗަންގޯޅި އުތުރު އެމްޑީޕީ ޓިކެޓު ހައްޖަ ކަށަވަރުކޮށްފި

އަދަދު

17 ޖެނުއަރީ 2026 | ހޮނިހިރު | 8:35

މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ކައުންސިލަރު، ސައިފް ފާތިހު އާ ވާދަކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓު ހަދީޖާ މުހައްމަދު (ހައްޖަ) ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޯޅި އުތުރު ދާއިރާގެ ޓިކެޓު ހައްޖަ ކާމިިޔާބުކުރީ 67.4 ޕަސެންޓު ހޯދައިގެންނެވެ. ހައްޖައަށް ޖުމުލަ 85 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރި ސައިފްއަށް ލިބުނީ 32 ވޯޓެވެ. އެ ދާއިރާއަށް އެކު ޖުމުލަ 126 މީހުން ވޯޓުލީއިރު، ނުވަ ވޯޓު ވަނީ ބާތިލުވެފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ މިހާރުގެ މެންބަރަކާ ވާދަކުރައްވައި ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިިޔާބު ކުރުމަށްފަހު ހައްޖަ އަދަދުއަށް ބުނީ އެ ވަރުގެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ.

މައުޟޫޢުތަށް