މިވަގުތު އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ޔާމީން ކަމަށް ޕޯލްއަކުން ދައްކައިިފި

އަދަދު

17 ޖެނުއަރީ 2026 | ހޮނިހިރު | 1:59

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އާންމުންގެ މެދުގައި މިވަގުތު އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ އެންމެ ފަހުގެ އޮޕީނިއަން ޕޯލްގެ ނަތީޖާއިން ދައްކައިފި އެވެ.

ބާނީން ހެދި ދިރާސާގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނުވަތަ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނެ ކަމަށް ބެލެވޭ ހަ ސިޔާސީ ލީޑަރުންގެ ސްކޯއެއް ދިނުމަށް އާންމުންގެ ގާތުގައި އަހައިގެން 10 ޕޮއިންޓްގެ ތެރެއިން ޔާމީނަށް 5.6 ޕޮއިންޓް ލިބުނެވެ.

ޔާމީންގެ އިތުރުން ދިރާސާގައި ދެން ހިމެނޭ ސިޔާސީ ލީޑަރުންނަކީ މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

މައުޟޫޢުތަށް