އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

އަދަދު

17 ޖެނުއަރީ 2026 | ހޮނިހިރު | 6:29

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި އެވެ.

ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ޕްރައިމަރީ ކާމިޔާބުކުރެއްވީ 1،411 ވޯޓާއެކު އާދަމް އާޒިމް އެވެ. އޭނާއާ ވާދަކުރެއްވި އަލީ އާޒިމަށް ލިބުނީ 962 ވޯޓެވެ. މާލެ ސިޓީގެ ޑަބްލިއުޑީސީ ރައީސަކަށް 1،305 ވޯޓާއެކު އާއިޝަތު ރީޝާ ހޮވުނުއިރު، އޭނާއާ ވާދަކުރި ރީސާ އަހްމަދަށް ލިބުނީ 919 ވޯޓެވެ.

ތިނަދޫ ސިޓީގެ މޭޔަރު ޕްރައިމަރީ އަހްމަދު ނަސީރާ ބަލިކޮށް ކާމިޔާބުކުރެއްވީ ސައުދު އަލީ އެވެ. އެ ސިޓީގެ ޑަބްލިއުޑީސީ ރައީސްގެ ޕްރައިމަރީ އާދިލާ މުހައްމަދާ ބަލިކޮށް ކާމިޔާބުކުރެއްވީ މަރްޔަމް ޝަރޫނާ އެވެ.

މައުޟޫޢުތަށް