އައްޑޫގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާތީ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
އަދަދު
17 ޖެނުއަރީ 2026 | ހޮނިހިރު | 7:02
އައްޑޫ މީދޫ އަދި މުޅި އައްޑޫ ސިޓީގައި ހިންގަން ވައުދުވެފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްނުދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުކޮށްދިނުމަށް އެދި މިއަދު ހުށަހަޅައިފި އެވެ.
މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ހުށަހެޅުއްވީ ޕްރޮޖެންކްޓްތައް ކުރިއަށް ނުދަނީ އައްޑޫ ސިޓީ ކައުންސިލް، އައްޑޫ މީދޫ މެންބަރު ނުވަތަ އައްޑޫގެ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ސުވާލު ކުރުމަށެވެ.
މީގެއިތުރުން ޕްރޮޖެކްޓްތައް ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދިނީމަތޯ ވެސް މުއްތަލިބުއާ ސުވާލު ކުރުމަށް އަބްދުއްރަހްމާން ހުށަހެޅުއްވި އެވެ.